ކެނދިކުޅުދޫ ކައުންސިލުން ބަލްކް އެސް.އެމް.އެސް (Bulk SMS) ޙިދުމަތް ތައާރަފް ކުރުމާ ގުޅޭ
މި ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ކައުންސިލުން އާންމުކުރާ އެކިއެކި މުހިންމު އިޢުލާންތަކާއި މަޢުލޫމާތުތައް ވީހާވެސް އަވަހަށް އަދި ފަސޭހަކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން، ބަލްކް އެސް.އެމް.އެސް (Bulk SMS) ގެ ޚިދުމަތް ތަޢާރަފުކުރުމަށް ވަނީ މި ކައުންސިލުން ނިންމާފައެވެ. ކެނދިކުޅުދޫގައި މި ޙިދުމަތް ފެށުމަށްޓަކައި އެކުލަވާލަންޖެހޭ "އެސް.އެމް.އެސް ފޯން ނަންބަރު ދަފްތަރު"ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ކެނދިކުޅުދޫ ރަށްވެހިންގެ ތެރެއިން 18 އަހަރުން މަތީގެ އެންމެހައި ރައްޔިތުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
އެހެންކަމުން، ކެނދިކުޅުދޫގައި ރަށްވެހިވެފައިވާ 18 އަހަރުން މަތީގެ އެންމެހައި ރައްޔިތުން، 29 އޮކްޓޯބަރު 2026 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނުވަތަ މި ކައުންސިލަށް ދުރުވެ، މި ދަފްތަރުގައި ރަޖިސްޓްރީވެވަޑައިގަތުމަށް ދަންނަވަމެވެ.
މަޢުލޫމާތު ހުށަހެޅޭނެ ގޮތްތައް:
- މި އިދާރާގެ ކައުންޓަރަށް (6560013) އަށް ގުޅުއްވާ ނުވަތަ ކައުންޓަރަށް ދުރުވެ މަޢުލޫމާތު ޙިއްސާކުރުން.
- އޮންލައިން ފޯމު މެދުވެރިކޮށް: ރަޖިސްޓްރޭޝަން ލިންކް
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
26 ރަބީއުލްޢަޚިރް 1448
07 އޮކްޓޫބަރު 2026
ޑައުންލޯޑް ކުރުމަށް