ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫއިން ދިގުމުއްދަތަށް ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބިމާއި ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

ދިގު މުއްދަތަށް ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ބިން

މިއީ ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުން، ދިގު މުއްދަތަށް ސިނާއި މަސައްކަތްކުރުމަށް ދޫކޮށްފައިވާ، ފުޅާމިނުގައި 109 ފޫޓު، ދިގުމިނުގައި 146 ފޫޓު ހުންނަ ބިމެކެވެ. މިބިން އޮންނާނީ މިހާރު ކުޅުދޫ އަވަށު ކުނިކޮށްޓާއި އިންވެގެން ހުޅަނގުންނެވެ. މިބިން އޮތް ސަރަހައްދުގައި ހުރި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ I1 އިން ފެށިގެން I90 އާއި ހަމަޔަށް ގަދަ ނޫ ކުލައިންނެވެ.

ދިގު މުއްދަތަށް ދަނޑުވެރިކަންކުރުމަށް ދޫކޮށްފައިވާ ބިން

މިބިމަކީ ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގު މުއްދަތަށް ދަނޑުވެރިކަންކުރުމަށް ދޫކޮށްފައިވާ 20،000 އަކަފޫޓުގެ ބިމެކެވެ. މިބިން އޮންނާނީ އަމީނީ މަގާ އިންވެގެން އިރުން، ކުޅުދޫ އަވަށުން އެންމެފަހުން ދޫކުރި ގެވަޅުތަކުގެ އުތުރުން 30 ފޫޓުގެ މަގެއް ދޫކޮށް، އެމަގާ އިންވެގެން އުތުރަށް 150 ފޫޓު ދިގަށެވެ. މިބިން އޮތް ސަރަހައްދުގައި ހުރި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ، A1 އިން A72 އަށް ގަދަ ނޫ ކުލައިންނެވެ.

ވީމާ، މިބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 08 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ނަންނޯޓްކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ. ފޯމް ހުށައަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިންކޮށްނަމަ ms@kendhikulhudhoo.gov.mv މި އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓްކުރާ ފޯމް، އަދި 2 ސަރަހައްދުގެ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރަމެވެ. އަދި ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ރަބީޢުލްއައްވަލް 1446

02 އޮކްޓޫބަރު 2024

ރަށުގެ އިއުލާނާއި ދެންނެވުން

17-10-2024

ނ.ކެނދިކުޅުދޫގައި އިންޑޯ ޖިމެއް ޤާއިމުކޯށް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭ

16-10-2024

ވަލުން ނަފާ ހޯދާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއިބެހޭ

14-10-2024

44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

13-10-2024

ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

08-10-2024

ވަޒިފާގެ ފުރުސަތު | ކައުންސިލް އެސިސްޓެންޓް (ބަނދަރު)

02-10-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

26-09-2024

ކެނދިކުޅުދޫގެ ދެއަވަށުން ދޫކޮށްފައިވާ ސިނާއީ ބިންތަކުގައި ހުރި އާންމު ފަރާތްތަކުގެ މުދާތައް ނެގުމާ ބެހޭ

26-09-2024

ޖަމުޢިއްޔާ ޖަމާޢަތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުމާއި ގުޅޭ

24-09-2024

ޒުވާނުންގެ އިނާމާ ބެހޭ