44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދެވޭ އަންނަނިވި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު 9 އޮކްޓޯބަރު 2024 ގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ ހުޅުވައިލާފައެވެ. އެގޮތުން،

• މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛

• މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި

• އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.

އެހެންކަމުން، މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، އިސްވެ ދެންނެވި ޝަރުތުތައް ފުރިހަމަވާ ފަރާތްތައް މި އިޢުލާނާއެކު އެއް އުރަ ކުރެވިފައިވާ ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 7 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު މިނިސްޓްރީގެ ވެބްސައިޓް އިން ވެސް ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް އަށް ފޮނުއްވުމަށް އެމިނިސްޓްރީއިން އެދިވަޑައިގަންނަވައެވެ.

ވިމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ރަށުގެ އިއުލާނާއި ދެންނެވުން

17-10-2024

ނ.ކެނދިކުޅުދޫގައި އިންޑޯ ޖިމެއް ޤާއިމުކޯށް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭ

16-10-2024

ވަލުން ނަފާ ހޯދާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއިބެހޭ

14-10-2024

44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

13-10-2024

ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

08-10-2024

ވަޒިފާގެ ފުރުސަތު | ކައުންސިލް އެސިސްޓެންޓް (ބަނދަރު)

02-10-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

26-09-2024

ކެނދިކުޅުދޫގެ ދެއަވަށުން ދޫކޮށްފައިވާ ސިނާއީ ބިންތަކުގައި ހުރި އާންމު ފަރާތްތަކުގެ މުދާތައް ނެގުމާ ބެހޭ

26-09-2024

ޖަމުޢިއްޔާ ޖަމާޢަތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުމާއި ގުޅޭ

24-09-2024

ޒުވާނުންގެ އިނާމާ ބެހޭ