ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން ނަންބަރު: (IUL)286-MP/286/2024/100

ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަސް 2024 އާއި ގުޅުވައިގެން މިކައުންސިލުން ހިންގުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ. އާންމުކޮށް ރަށުގައި ދަނޑުވެރިކަން ކުރުމުގެ ގޮތުން ހައްދާ ބާވަތްތައް ހައްދާނެ ގޮތާއި، އެކި ގަސްގަހަށް ޖެހޭ ބަލިތަކާއި، އަދި އެބަލިތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު މިޕްރޮގްރާމުގެ ބައިވެރިންނަށް ދެވިގެން ދާނެއެވެ.

އެގޮތުން މިޕްރޮގްރާމުގައި ދަނޑުވެރިކަން ކުރާ އަދި ދަނޑުވެރިކަން ކުރުމަށް ޝައުގެވެރިކަން ހުންނަ 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް މިކައުންސިލުގެ ނަންބަރު: 6560013 އަށް ރަސްމީގަޑީގައި ގުޅުއްވާ ނަންނޯޓު ކުރެވޭނެއެވެ. އަދި ތިރީގައިވާ އޮންލައިން ފޯމު މެދުވެރިކޮށްވެސް މިޕްރޮގްރާމުގައި ބައިވެރި ވެވޭނެއެވެ.

އޮންލައިން ފޯމް: https://forms.office.com/r/dEEkMEDYx1

މިޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 16 އޮކްޓޯބަރު 2024 ވާ ބުދަ ދުވަހުގެ 13:00 އެވެ.

ވީމާ، މި ފުރުޞަތުގައި ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުން އެދެމެވެ.

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

17-10-2024

ނ.ކެނދިކުޅުދޫގައި އިންޑޯ ޖިމެއް ޤާއިމުކޯށް ހިންގާނެ ފަރާތެއް ހޯދުމާ ބެހޭ

16-10-2024

ވަލުން ނަފާ ހޯދާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއިބެހޭ

14-10-2024

44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

13-10-2024

ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

08-10-2024

ވަޒިފާގެ ފުރުސަތު | ކައުންސިލް އެސިސްޓެންޓް (ބަނދަރު)

02-10-2024

ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

26-09-2024

ކެނދިކުޅުދޫގެ ދެއަވަށުން ދޫކޮށްފައިވާ ސިނާއީ ބިންތަކުގައި ހުރި އާންމު ފަރާތްތަކުގެ މުދާތައް ނެގުމާ ބެހޭ

26-09-2024

ޖަމުޢިއްޔާ ޖަމާޢަތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުމާއި ގުޅޭ

24-09-2024

ޒުވާނުންގެ އިނާމާ ބެހޭ