ކެނދިކުޅުދޫ ގްރީން ހައުސް (ކެނދި ގޮވާން 13) ހިންގާނެ ފަރާތެއް ހޯދުމާ ގުޅޭ
ނ.ކެނދިކުޅުދޫގައި ޤާއިމުކޮށްފައިވާ ގްރީން ހައުސް (ކެނދި ގޮވާން 13) ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ހުޅުވާލެވިފައިވަނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަސައްކަތް ކުރުމަށް ބޭނުން ކުރެވޭނީ ކެނދިކުޅުދޫ ލައިސަންސް ޓްރެކްގެ އިރުން އަދި ރޮބިންސިއާ ޔޫތް ފައުންޑޭޝަނަށް ދޫކޮށްފައިވާ ބިމުގެ ހުޅަނގުން އޮތް 750.5 އަކަފޫޓުގެ ގްރީން ހައުސްއެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ގްރީން ހައުސްއާ ބެހޭ މަޢުލޫމާތު
ހ - ގްރީން ހައުސްގެ ފްރޭމް ހަދާފައިވަނީ އެސްއެސް ހޮޅިންނެވެ. އަދި ބިއްތަށް ބައްދާ ހިޔާކޮށްފައިވަނީ އަވިދަލުންނެވެ.
ށ - ގްރީން ހައުސްގައި މިވަގުތު ފެނުން ގަސްހެއްދޭ ނިޒާމް (ހައިޑްރޯފޮނިކް) ޤާއިމުކޮށްފައިވާނެއެވެ. މިނިޒާމް ހިންގާ ބޭނުންކުރުމަށް ޖުމުލަ 1 (އެކެއް) މޯޓަރު ފޯރުކޮށްދެވޭނެވެ.
ނ - ގްރީން ހައުސްގެ އެތެރެއާއި ވަށައިގެން އޮންނަ ސަރަހައްދު ކުއްޔަށް ހިފާ ފަރާތުން ވިނަ ނޮޅާ ސާފުކުރަން ވާނެއެވެ. (ލައިސަންސް ޓްރެކާއި ވީ ފަޅިއަށް އަދި ވާރޭފެން ރައްކާކުރުމަށް ޤާއިމުކޮށްފައިވާ ތާންގިތަކާއި ވީފަޅިން އިން 34 އިންޗީގެ ބަޔާއި ރޮބިންސިއާ ޔޫތް ފައުންޑޭޝަނަށް ދީފައިވާ ބިމާއި ދޭތެރޭގައިވާ 17 ފޫޓުގެ ހުސް ޖާގައާއި ގްރީން ހައުސްގެ ދެކުނުން އޮތް ގޯޅިއާ ހަމައަށް ވާ ހުސްޖާގަ)
ރ - ގްރީން ހައުސްއަށް ގެއްލުމެއް ވެއްގެން މަރާމާތެއް ކުރަން ޖެހިއްޖެ ނަމަ، ނުވަތަ ބައު ވެގެން އާބާތުރަ ފިލުވަން ޖެހިއްޖެ ނަމަ އެމަސައްކަތް ކުރަންވާނީ ކުއްޔަށް ހިފާ ފާރާތުންނެވެ.
ބ - މިމަސައްކަތް ކުރުމަށް ކުއްޔަށް ނަގާ ފަރާތުން އެތަނުން ކުނި ނެގުމަށް ރަޖިސްޓަރ ވެއްޖެ ނަމަ، އާންމު އުޞޫލުގެ ތެރެއިން ކުނި ނެގުމަށް ޙާއްސަކޮށްފައިވާ ތާވަލާއި އެއްގޮތަށް ކުނިނެގޭނެއެވެ. އެކަމަށް ދައްކަން ޖެހޭ ފީ ދައްކާނީ ކުއްޔަށް ނަގާ ފަރާތުންނެވެ.
ޅ - ކުއްޔަށް ނަގާ ފަރާތުން ގްރީން ހައުސްގައި ތަރުކާރީއާއި މޭވާގެ ބޭނުން ބާވަތެއް ހެއްދޭނެއެވެ. ނަމަވެސް ބިޔަކޮށްހެދޭ ބާވަތުގެ ގަސް ބިންމަތީގައި އިންދާ ހެއްދުމަކީ ހުއްދަކަމެއް ނޫނެވެ.
ކ - ކައުންސިލުން ކުއްޔަށް ނަގާ ފަރާތުން އެތާ ކުރާ މަސައްކަތާ އެތަނުން ބޭނުންވާ މަޢުލޫމާތު ނަގަން ބޭނުންވެއްޖެ ހިނދެއްގައި އެމަޢުލޫމާތު ސައްޙަކަމާއެކު، ކައުންސިލުން އެމަޢުލޫމާތު ނަގަން ދާ މުވައްޒަފަށް ކުއްޔަށް ހިފާ ފަރާތުން ސައްޙަ ކަމާއެކު މަޢުލޫމާތު ފޯރުކޮށްދޭން ވާނެއެވެ.
އ - ގްރީން ހައުސްއަށް ބޭނުންވާ ފެނުގެ ޚިދުމަތް އަދި ކަރަންޓުގެ ޚިދުމަތް މަސައްކަތް ފެށުމުގެ ކުރިން ކައުންސިލުން ފޯރުކޮށްދޭނެއެވެ. ކުއްޔަށް ހިފާ ފަރާތުން ކަރަންޓު ބިލަށް ފައިސާ ދައްކަންވާނެއެވެ.
ހުށަހަޅަންޖެހޭ ކުލީގެ މަޢުލޫމާތު
ހ - ގްރީން ހައުސް ހިންގުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ) އެވެ.
ށ - ކުއްޔަށް ނަގާފަރާތުން މަސައްކަތް ފެށުމާއި ދޭތެރޭގައި ގްރޭސް ޕީރިއަޑްގެ ގޮތުގައި 3 މަސް ދެވިގެން ދާނެއެވެ. ކުލީގެ ތާވަލު ހަދާއިރު ކުލި ދައްކަން ފަށާ މުއްދަތާއި ގްރޭސް ޕީރިއަޑް އަދި ކުލީގެ ޖުމުލަ އެނގޭނެހެން ތާވަލު ތައްޔާރުކޮށް ފައިސާ ދައްކާނެ ގޮތުގެ ތާވަލެއް ތަފްސީލުކޮށް ހުށަހަޅަންވާނެއެވެ.
ނ - ކުއްޔަށް ބަދަލު އަންނަމުންދާނަމަ އެބަދަލު އަންނަމުންދާގޮތުގެ ތަފްޞީލް އެނގޭނެގޮތަށް އަދި ކުލީގެ ޖުމުލައާއި އަހަރަކަށް އެވްރެޖް ޖެހޭނެވަރު އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ޝީޓް.
ރަޖިސްޓްރޭޝަން
ހ - ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 12 ފެބުރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރ ވާންވާނެއެވެ.
ށ - ރަޖިސްޓްރޭޝަން ފޯމް: ރަޖިސްޓްރޭޝަން ފޯމް ލިންކް
ނ - ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތްތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
މަޢުލޫމާތު ސާފުކުރުން
ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 15 ފެބުރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ.
ށ - ބީލަން ހުށަހަޅާފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ.
ނ - މަޢުލޫމާތު ސާފުކުރަން ހާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
ރ - މަޢުލޫމާތު ސެޝަންގައި ބައިވެރި ނުވެވޭނަމަ، ކެނދިކުޅުދޫ ކައުންސިލްގެ ފޯން ނަންބަރު 6560013 އަށް ގުޅުއްވައިގެން ނުވަތަ projects@kendhikulhudhoo.gov.mv މެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 19 ފެބުރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ.
ބީލަން ހުށަހެޅުން
ހ - ބީލަން ހުޅުވުން އޮންނާނީ 23 ފެބުރުއަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.
ށ - ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަން އަދި އިޢުލާން ނަންބަރު ޖަހަންވާނެއެވެ.
ނ - އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
ހ - ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް.
(ކުންފުނި، ކޯޕަރޭޓިވްސް، ޕާޓްނާރޝިޕް އަދި ވިޔަފާރި ފަދަތަންތަނުން ބީލަން ފޯމް ހުށަހަޅާއިރު އެތަނެއްގެ ސިއްކަ އޮތްނަމަ ސިއްކަ ޖަހަންވާނެއެވެ.)
ށ - ފުރިހަމަކޮށް ސޮއިކޮށްފައިވާ ޗެކްލިސްޓް (ބީލަން ހުށަހަޅާ ފޯމުގެ ފަހަތުގައިވާ)
ނ - ކުންފުނި، ކޯޕަރޭޓިވްސް، ޖަމްޢިއްޔާތައް އަދި ޕާޓްނަރޝިޕް އަކުން ހުށަހަޅާނަމަ ވިޔަފާރި ނުވަތަ ޖަމްޢިއްޔާ ރަޖިސްޓަރީގެ ކޮޕީ
ރ - އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ
ބ - ޖީ.އެސް.ޓީ ރަޖިސްޓަރ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ. ރަޖިސްޓަރީ ނުކުރާނަމަ މީރާގައި ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީ.
ޅ - ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފާއި އޮތްކަމުގެ ލިޔުން، ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވާރ އޮފް އެޓަރނީ ހުށަހަޅަންވާނެއެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.
ކ - ޕްރޮޕޯސަލް އަދި ޕްރޮފައިލް
މަސައްކަތް ހިންގުމާއި ގްރީން ހައުސްގެ ކަންކަން ބަލަހައްޓާނެ ގޮތުގެ މެނޭގްމެންޓް ޕްލޭނެއް އޮންނަންވާނެ.
ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކަކީ:-
ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު
ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު.
މާކްސް ދިނުން
ހިންގުމުގެ ކުއްޔަށް ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް ޕަސަންޓް)
ހުށަހަޅާ ޕްރޮޕޯސަލްއަށް %40 (ސާޅީސް ޕަސަންޓް)
ޕްރޮޕޯސަލް އިވެލުވޭޓް ކުރުމުގައި ބެލޭނެ ކަންކަމާއި ޕޮއިންޓްދެވޭނެގޮތް (40 އިންސައްތަ ބެހިފައިވާ ގޮތް)
- ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު %30
މިބަޔަކަށް މާކްސް ދިނުމުގައި ބަލާނީ މިބީލަމުގައިވާ ބިމުގައި ކުރަންބޭނުންވާ މަސައްކަތްތަށް ޚިދުމަތްދެވޭނެ ފެންވަރަށް ނިންމާ އޮޕަރޭޝަނަށް ގެންނަށް ހުށައަޅާ މުއްދަތަށެވެ.
(އެންމެ ކުރުމުއްދަތަށް އެންމެގިނަ ޕޮއިންޓްދޭ އުޞޫލުން)
- ބާޒާރަށް ނެރޭނެ ބާވަތްތައް
މިބަޔަކަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ގިނަ ބާވަތް ހައްދާ މާކެޓަށް ނެރެން ހުށައަޅާ ފަރާތަށެވެ. އެފަރާތުން ހައްދަން ބޭނުންވާ ބާވަތްތަކުގެ ހުށަހެޅިދާނެއެވެ. ނަމަވެސް ގިނަވެގެން މާކްސް ދެވޭނީ ހުށަހަޅާ ބާވަތްތަކުގެ ތެރެއިން 10 ބާވަތަށެވެ. 10 މާކްސް ދެވޭއިރު އެއިން ކޮންމެ ބާވަތެއްގެ ބުރަދަނަކީ 1 މާކުހެވެ.
(އެންމެ ގިނަ ބާވަތައް ގިނަ ޕޮއިންޓްދޭ އުޞޫލުން)
އިތުރު މަޢުލޫމާތު
އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ
- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑިގައި)
- އީމެއިލް: projects@kendhikulhudhoo.gov.mv
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 ޝައުބާން 1447
4 ފެބުރުވަރީ 2026
ޑައުންލޯޑް ކުރުމަށް
ރަށުގެ އިއުލާނާއި ދެންނެވުން
04-02-2026
ކެނދިކުޅުދޫ ގްރީން ހައުސް (ކެނދި ގޮވާން 13) ހިންގާނެ ފަރާތެއް ހޯދުމާ ގުޅޭ
04-02-2026
ނ. ކެނދިކުޅުދޫ "ނަޞްރު" އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ
28-01-2026
1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމާ ގުޅޭ
26-01-2026
ކެނދިކޮޅު އަވަށު މަސްޖިދުލް ނަޖާތުގައި ތަރާވީޙް ކުރުމަށް ގެންނަ އިމާމް ބެހެއްޓުމާ ގުޅޭ
26-01-2026
ދި މެންގްރޫވް އައިލެންޑް ފުޓުބޯލް ޗެމްޕިއަންޝިޕް 2026
26-01-2026
ޔޫތު ޑިމޮކްރަސީ ޑައިލޮގްސް (އޮންލައިން)
11-01-2026
އޮޑި ދޯނި އެހެލާ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ދޫކުރުމާ ގުޅޭ
30-12-2025
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ދޫކުރުމާއި ގުޅޭ
24-12-2025