ކެނދިކުޅުދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމާ ބެހޭ

ނ. ކެނދިކުޅުދޫގައި ޤާއިމުކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް މުޅިން ނިމި، ޚިދުމަތް ދިނުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، މި ޚިދުމަތް ލިބިފައިވާ ފަރާތްތަކާއި ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވެއެވެ.

އެގޮތުން މިއިޢުލާނާ އެކުގައިވާ ލިސްޓުގައި ހިމަނާފައި އެވަނީ ނ. ކެނދިކުޅުދޫގެ ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމަށް އެދި 2021 ވަނަ އަހަރު ފޮނުވާފައިވާ ލިސްޓެވެ. އެހެންކަމުން، ލިސްޓުގައި ބަޔާން ކޮށްފައިވާ ގެއާއި ގޯތިތަކުގެ ތެރެއިން ކަނެކްޝަން އަޅާފައިނުވާ އަދި މިޚިދުމަތަށް އެދި ފޯމު ހުށަހަޅާފައިވާ، އެހެނަސް ލިސްޓުގައި ހިމެނިފައިނުވާ ގޯތިތަކާއި އަދި ލިސްޓުގައި ހިމެނިފައިނުވީ ނަމަވެސް، ކަނެކްޝަން އަޅާފައިވާ ގޯތިތަކުގެ މަޢުލޫމާތު މިކައުންސިލްގެ ނަންބަރު 6560013 އަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށް އެދެމެވެ.

މި ޚިދުމަތަށް އަލަށް އެދިލައްވަން ބޭނުންވާ ފަރާތްތަކަށް، ޚިދުމަތަށް އެދޭ ފޯމު މި ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވީމާ، ލިސްޓުގައިވާ ގެތަކުގެ ތެރެއިން ކަނެކްޝަން އަޅާފައިނުވާ ގޯއްޗެއްވާނަމަ ނުވަތަ ކަނެކްޝަން އެޅި ނަމަވެސް ލިސްޓުގައި ހިމެނިފައި ނުވާ ގޯއްޗެއްވާނަމަ، 19 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. މިއިޢުލާނާއެކު، ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދި ހުށަހަޅާފައިވާ ގެއާއި ގޯތީގެ ލިސްޓެއް އެއްހީރާސް ކޮށްފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 ޝަޢުބާން 1447

09 ފެބްރުވަރީ 2026

ޑައުންލޯޑް ކުރުމަށް

ރަށުގެ އިއުލާނާއި ދެންނެވުން

09-02-2026

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

09-02-2026

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

09-02-2026

ޑްރައިވަރ (ދާއިމީ)

09-02-2026

ކެނދިކުޅުދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމާ ބެހޭ

04-02-2026

ކެނދިކުޅުދޫ ގްރީން ހައުސް (ކެނދި ގޮވާން 13) ހިންގާނެ ފަރާތެއް ހޯދުމާ ގުޅޭ

04-02-2026

ނ. ކެނދިކުޅުދޫ "ނަޞްރު" އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ގެއްލުމާއި ގުޅޭ

28-01-2026

1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމާ ގުޅޭ

26-01-2026

ކެނދިކޮޅު އަވަށު މަސްޖިދުލް ނަޖާތުގައި ތަރާވީޙް ކުރުމަށް ގެންނަ އިމާމް ބެހެއްޓުމާ ގުޅޭ

26-01-2026

ދި މެންގްރޫވް އައިލެންޑް ފުޓުބޯލް ޗެމްޕިއަންޝިޕް 2026